މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް މިދިޔަ އަހަރު 51 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ފަވަރަ ތައާރަފުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕޭމަންޓް ސިސްޓަމަކެވެ.
އެމްއެމްއޭއިން މިހާރު އާންމުކޮށްފައިވާ އެ އިދާރާގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 123 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން ބުނީ 2024 ވަނަ އަހަރު ފަވަރަ މެދުވެރިކޮށް ހިންގީ 24 ބިލިއަން ރުފިޔާގެ މުއާމަލާތް ކަމަށާއި އެއީ 7.8 މިލިއަން ޓްރާންސެކްޝަން ކަމަށެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ