ކޮލަމްބިއާއަށް އުފަން ޕޮޕް ސްޓާ ޝަކީރާ، ވޯލްޑް ކަޕް 2026 އަށް ތައްޔާރު ކޮށްފައިވާ ލަވައިގެ ބައެއް ދައްކާލައިފިއެވެ.

އުމުރުން 49 އަހަރުގެ ޝަކީރާއަކީ ވޯލްޑް ކަޕްގެ ލަވަތަކާ އަބަދުވެސް ގުޅުން އޮންނަ އާޓިސްޓެކެވެ. މީގެ ކުރީގެ ވޯލްޑް ކަޕްތަކަށްވެސް ޝަކީރާ ހެދި ލަވަތައް ވައިގައި ހިފާފައިވާ އިރު، މިފަހަރު ލަވައިގެ ނަމަކީ "ޑާއީ ޑާއީ"އެވެ. އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައި އޮންނަ ވޯލްޑް ކަޕަށް ޝަކީރާ ތައްޔާރުކުރާ ލަވައިގެ ކުޑަ ތަންކޮޅެއް އޭނާ ޕޯސްޓް ކުރީ އިންސްޓާގްރާމްގައެވެ.

ޝަކީރާ ޕޯސްޓް ކުރި އެއް މިނެޓްގެ ވީޑިއޯކޮޅަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ފީފާއިން ފުރަތަމަ ނެރުނު ވޯލްޑް ކަޕް ލަވައަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

ޝަކީރާގެ ލަވަ މިމަހުގެ 14 ވަނަ ދުވަހު ރިލީސް ކުރާނެކަން އިއުލާނު ކޮށްފައިވާ އިރު، ޝަކީރާ ކުރި ޕޯސްޓްގައި ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްވެސް ފެނިގެން ދެއެވެ. އަދި ނައިޖީރިއާގެ ލަވަކިޔުންތެރިޔާ ބުރްނާ ބޯއީވެސް ލަވައިގެން ފެނިގެން ގޮސްފައިވެއެވެ.

https://www.instagram.com/reel/DYCxnloBnNL/?igsh=MTQweTR0eTFuZ21mNw==

ޝަކީރާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހެދި ސެކަންޑް އޮފިޝަލް ލަވަ، ވައްކާ ވައްކާއަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕަށް ލާ ލާ ލާގެ ނަމުގައި ލަވައެއް ހަދައިފައެވެ. އެ ވޯލްޑް ކަޕް ފައިނަލުގައިވެސް ޝަކީރާ ޕާފޯމް ކޮށްފައިވެއެވެ. އަދި އޭގެ އިތުރުން 2006 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ޝަކީރާ ވަނީ ހިޕްސް ޑޯންޓް ލައި ޕާފޯމް ކޮށްފައެވެ.