ވޯލްޑް ކަޕް 2026 އަށް ތައްޔާރުވަމުން އަންނަ އަލްޖީރިއާގެ ގައުމީ ޓީމަށް ދިމާވެފައިވާ ގޯލްކީޕަރުންގެ މައްސަލައަށް ހައްލެއް ހޯދުމަށް އެގައުމުން، ރިޓަޔާކޮށްފައިވާ އުސާމާ ބެންބޮޓް އަލުން ސްކޮޑަށް ނަގަން ވިސްނާ ކަމަށް ނޫސްތައް ބުނެއެވެ.
އުސާމާ އެންމެފަހުން ގައުމީ ސްކޮޑުން ފެނުނީ އެފްރިކާ ކަޕް އޮފް ނޭޝަންސްއިންނެވެ. އެ މުބާރާތުގެ ސްކޮޑުގައި އުސާމާ ހިމެނުނު ނަމަވެސް، އެއްވެސް މެޗަކުން އޭނާ ފެނިފައެއް ނުވެއެވެ. އުސާމާ ގައުމީ ޓީމަށް ނަގަން ޖެހޭނެ ހާލަތަކަށް އަލްޖީރިއާ ގޮސްފައި ވަނީ އެޓީމުން އާއްމުކޮށް ބޭނުންކުރަމުން އަންނަ މެލްވިން މަސްޓީލްގެ އިތުރުން ލޫކާ ޒިދާނަށްވެސް އަނިޔާވުމުންނެވެ.
އޭގެ އިތުރުން އެންތޮނީ މަންޑްރެއާއަށްވެސް އަނިޔާވެ، ވޯލްޑް ކަޕް ގެއްލޭނެކަން އޮތީ ޔަގީންވެފައެވެ.
އުމުރުން 31 އަހަރުގެ އުސާމާ އަދިވެސް ހުރީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން އޭނާ ވަނީ ކްލަބު ފުޓުބޯޅައިގައި ރަނގަޅު ފޯމެއް ދައްކައިފައެވެ. އުސާމާގެ ޔޫއެސްއެމް އަލްގާއިން އެފްރިކަން ކޮންފެޑެރޭޝަން ކަޕްގެ ފައިނަލަށް ދިޔަ އިރު، އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، ހަބަރުތައް ބުނަނީ އުސާމާއަށް އޮތީ އެންމެ މައްސަލައެއް ކަމަށެވެ. އެއީ ގައުމީ ޓީމުން ފުރުސަތު ނުލިބިގެން ކޯޗު، ވްލަޑިމީރް ޕެޓްކޮވިޗަށް އެއްޗެހި ގޮވާފައި އޮތުން ކަމަށެވެ.
އަލްޖީރިއާގެ މީޑިއާތައް ބުނީ ވޯލްޑް ކަޕަށް އަލްޖީރިއާއިން އިތުރު ކީޕަރެއް ނަގަން ޖެހޭ ކަމަށާއި، ކޯޗާއި އުސާމާގެ ގުޅުން ރަނގަޅުކުރަން މިހާރު މަސައްކަތް ކުރާ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026