ފަތުރުވެރިކަން ކުރިއެރުވުމަށް ލަންކާއިން 40 ގައުމަކަށް ހިލޭ ވިސާ ދޭން ނިންމައިފިއެވެ.
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ އެގައުމުގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް 40 ގައުމަކުން އެތެރެވާ ފަތުރުވެރިންނަށް ހިލޭ ވިސާ ދިނުމަށް ކަނޑައަޅައިފައެވެ.
ލަންކާގެ ޕަބްލިކް ސެކިއުރިޓީ އެންޑް ޕާލިމެންޓް އެފެއާޒް މިނިސްޓަރު، އަނަންދާ ވިޖޭޕާލާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދަޅުވީ ހިލޭ ވިސާ ދިނުމަށް ކަނޑައަޅާފައިވާ ގައުމުތަކުގެ ފަތުރުވެރިންނަށް ލިބޭނީ 30 ދުވަހުގެ ހިލޭ ވިސާއެއް ކަމަށެވެ.
ލަންކާގެ ގާނޫނުހަދާ މަޖިލީހުން ހިލޭ ވިސާ ދިނުމަށް ނިންމި 40 ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ބައްރެއްގެ ގައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ޗައިނާގެ އިތުރުން މެލޭޝިޔާވެސް ހިމެނެއެވެ.
ހިލޭ ވިސާ ދިނުމަށް 40 ގައުމު ކަނޑައަޅާފައިވާއިރު އެގައުމުތަކުން އަންނަ ފަތުރުވެރިން ލަންކާއަށް އެތެރެވުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން އޮންލައިންކޮށް ނަގަން ޖެހޭނެއެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ