އައްޑޫ ސިޓީގައި ބިޒްނަސް ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

އެ އަމާޒު ހާސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފޯރަމްގައި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި ހުރި ލުއިތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

"މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި "ފްރީ ޒޯން" ގެ ހަރަކާތްތަކެއް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.