ގްރޭންޑް ސްލޭމް ޓެނިސް އިވެންޓްތަކުން ލިބޭ އިނާމު ފައިސާ ބޮޑުކޮށްދޭން ކުރާ ޑިމާންޑަށް ހައްލެއް ނުލިބިއްޖެނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިން އެ މުބާރާތްތައް ބޮއިކޮޓް ކުރާނެކަމުގެ އިންޒާރެއް، އަންހެން އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލަންކާ ދީފިއެވެ.
ދުނިޔޭގެ އަންހެން އަދި ފިރިހެން ޓެނިސް ރޭންކިންގެ ގަދަ 10 ކުޅުންތެރިން ޑިމާންޑް ކޮށްފައި ވަނީ ސީޒަން ތެރޭގައި ކުރިއަށްދާ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން ކުޅުންތެރިންނަށް ދޭ އިނާމު ފައިސާގެ އަދަދު އިތުރު ކޮށްދިނުމަށެވެ. އަދި އޭގެ އިތުރުން އެ މުބާރާތްތަކުގެ ބޯނަސް ފައިސާވެސް ރަނގަޅުކޮށް، ޝެޑިއުލް ކުރުމުގައި ބަސް ބުނުމުގެ ހައްގަށްވެސް ޑިމާންޑް ކޮށްފައިވެއެވެ.
މީގެ ކުރިން އެ މައްސަލައިގައި ކުޅުންތެރިއެއްގެ ފަރާތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައި ނުވާ އިރު، ސަބަލެންކާގެ ވާހަކައިން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ސަބަލެންކާ ބުނީ މިހާރު ކަންކަން ހައްލު ނުވެގެންދާ ގޮތަށް ބަލާއިރު، ކޮންމެވެސް ހިސާބަކުން ކުޅުންތެރިންނަށް މުބާރާތް ބޮއިކޮޓް ކުރަން ޖެހޭނެ ކަމަށެވެ. އެއީ ހައްގުތަކަށް މަސައްކަތް ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށް މިވަގުތު ފެންނަ ކަމަށްވެސް ސަބަލެންކާ ބުންޏެވެ.
ސަބަލެންކާ ބުނީ ގްރޭންޑް ސްލޭމް މުބާރާތްތަކަކީ ހުރިހާ ފޯކަސްއެއް ކުޅުންތެރިންނަށް އޮންނަ، ބޮޑު ވިޔަފާރި މޮޑެލްއެއް ކަމަށާއި، ލިބޭ އާއްމުދަނީގެ ބޮޑުބައެއް ކުޅުންތެރިންނަށް ލިބެން ޖެހޭނެ ކަމަށެވެ.
ސަބަލެންކާގެ އިތުރުން ކޮކޯ ގައުފްވެސް ވަނީ އެ ވިސްނުމަށް ތާއީދު ކުރާ ކަމަށް ބުނެއެވެ.
މީގެ ކުރިންވެސް އިނާމު ފައިސާގެ ކަންކަމުގައި ކުޅުންތެރިން އަޑު އުފުލާފައިވާ އިރު، ފްރެންޗް އޯޕަންއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެ މުބާރާތުގެ އިނާމު ފައިސާ 9.5 ޕަސެންޓް، މިއަހަރު ބޮޑު ކުރި ނަމަވެސް، އެ ފައިސާއަކި މުބާރާތުގެ ޖުމުލަ އާއްމުދަނީއަށް ބަލާއިރު، 22 ޕަސެންޓެވެ. އެހެންކަމުން އެކަން ހައްލު ކުރަން ކުޅުންތެރިން ވަނީ ގޮވާލައިފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް