މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އިސްވެރިންނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ މެނޭޖްމަންޓާ ދެމެދު މިއަދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.
ސްޓޭޓް ފާމާ އިން ބުނީ މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުންކަން މި ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ކަމަށެވެ. ނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިވާކަން ފާޅުކޮށްފައިވާ ކަމަށް ސްޓޭޓް ފާމާ އިން ބުންޏެވެ.
މި ބަދަލުގެ ސަބަބުން ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ މި ގުޅުމަކީ، ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓް ފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ދެ ފަރާތުގެ މެދުގައި މިއަދު މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ކޮމެންޓް