ސްރީ ލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ، މެހުމާންދާރީ އާއި ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، ތަމްރީން އަދި އެ ނޫންވެސް އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ އަޒުމުގައި ތިއްބެވިކަން ފާހަގަކުރައްވާފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، މިދިޔަ އަހަރު ލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ގައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާއީ އަދި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ގައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން، ރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ހިދުމަތްތަކާއި، ލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ގައުމުގެ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ މާނަހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު