ރާއްޖޭގެ ފައިނޭންޝަލް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބައްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބާއްވާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އެމްއެމްއޭއިން ބުނީ އެ އެކްސްޕޯގެ ތެރެއިން މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި އަދި އެ ނޫންވެސް ކަމާބެހޭ އިދާރާތަކާ އާންމު ރައްޔިތުންނާ ބައްދަލުވެ، ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ އިދާރާތަކުން އާންމުންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފަސޭހަކަމާއެކު އެއްތަނަކުން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އެމްއެންއޭއިން ބުނީ އެކްސްޕޯގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ.