ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖަނިކް ސިނާ، މެޑްރިޑް އޯޕަން ކާމިޔާބު ކޮށްފިއެވެ.
ސިނާ، ޖެހިޖެހިގެން ފަސް މާސްޓާސް 1000 ތަށި ހޯދާފައިވާ އިރު، އޭނާ ވެގެން ގޮސްފައި ވަނީ އެ ޝަރަފު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސިނާ، 24، ވަނީ މި ސީޒަނުގެ މިހާތަނަށް އިންޑިއަން ވެލްސް، މިއާމީގެ އިތުރުން މޮންޓެ ކާލޯއާއި ޕެރިސް މާސްޓާސްގެ ތަށި އުފުލާލައިފައެވެ.
ރޭގެ ފައިނަލުގެ ކުރިން ސިނާގެ އިތުރުން ނޯވަކް ޖޮކޮވިޗްވެސް އޮތީ ޖެހިޖެހިގެން ހަތަރު މާސްޓާސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ރަފޭލް ނަޑާލް ވެސް ވަނީ 2013 ވަނަ އަހަރު ޖެހިޖެހިގެން ހަތަރު މުބާރާތެއް ކާމިޔާބު ކޮށްފައެވެ.
ރޭގެ ފައިނަލުގައި ސިނާ، އެލެކްސެންޑާ ޒްވެރޭވް ބަލިކުރީ 6-1 އަދި 6-2 އިންނެވެ. މެޗުން ސިނާ މޮޅުވީ ގަޑިއިރެއްވެސް ނުވަނީސް، 58 މިނެޓް ތެރޭގައެވެ.
ޖޮކޮވިޗް މީގެ ކުރިން ޖެހިޖެހިގެން ފަސް މުބާރާތް ކާމިޔާބުކުރި ނަމަވެސް، އޭނާ ވަނީ ދޭތެރެއަކުން މުބާރާތްތައް ދޫކޮށްލައިފައެވެ. އެގޮތުން އޭނާ ވަނީ 2011 ވަނަ އަހަރު އިންޑިއަން ވެލްސްއާއި ކެނޭޑިއަން އޯޕަން ކާމިޔާބުކޮށް، 2014 ވަނަ އަހަރު ޕެރިސް މާސްޓާސް، 2015 ވަނަ އަހަރު ރޯމް މާސްޓާސް ކާމިޔާބުކުރިއެވެ. އޭނާ އެ ދޭތެރެއިން މޮންޓެ ކާލޯއާއި މެޑްރިޑް މުބާރާތް ދޫކޮށްލިއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް