އިންޓަ މިލާނުން އިޓަލީ ލީގުގެ ތަށި، 21 ވަނަ ފަހަރަށް ހޯދައިފިއެވެ.

އިންޓައިން ރޭ ތަށި ޔަގީންކުރީ ޕާމާ ކައިރިން 2-0 ގެ ނަތީޖާއަކުން ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް އިންޓައަށް ތަށި ޔަގީންކުރަން ބޭނުންވެފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ދެވަނައިގައި އޮތް ނަޕޯލީން މިހަފުތާގައި ކުޅުނު މެޗުގައި ކޯމޯ ކައިރިން އެއްވަރުވެގެންނެވެ.

އިންޓައިން 2024 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި އިރު، މިވަގުތު އެޓީމު އޮތީ 12 ޕޮއިންޓްގެ ފަރަގެއްގައެވެ.

ރޭގެ މެޗުގައި އިންޓައިން ފުރަތަމަ ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ގޯލް ޖަހައިދިނީ މާކަސް ތުރާމެވެ.

ދެވަނަ ގޯލަކަށް އިންޓައިން އިންތިޒާރު ކުރަން ޖެހުނެވެ. ދެވަނަ ގޯލެއް ޖެހުމަށް އެޓީމު ކުރި މަސައްކަތުގައި 80 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ތަށި ޔަގީންކުރިއެވެ. ލައުޓާރޯ މާޓިނޭޒް ދުއްވާލި ބޯޅަ ގޯލަށް ވައްދާލީ އުމުރުން 37 އަހަރުގެ ހެންރިކް މިކިތާރިއަންއެވެ.

އިންޓަގެ ލީގު ތަށްޓަކީ އާ ކޯޗު ކްރިސްޓިއަން ޗީވޫއަށް ހާއްސަ ތަށްޓެކެވެ. އެއީ އޭނާގެ ކެރިއަރުގައި އެންމެ ފުރަތަމަ ތަށްޓެވެ.

އިންޓައިން ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުގެ ތެރެއިން 26 މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ކުޅުނު ހަތް މެޗުގައި 19 ގޯލް ޖަހާފައިވެއެވެ.