ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ޅ. އަތޮޅުން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓު ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެތީ، އެކަމަށް ސަމާލުވުމަށެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:10 އިން މެންދުރު 1:00 އާ ހަމައަށެވެ. އޭގެ އިތުރުންވެސް މިއަދުގެ 13:00 އާ ހަމަޔަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވަނީ އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މީގެ ތިން ގަޑިއުރު ކުރިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އެ މުވައްްސަސާއިން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އިން މިއަދު ބުނީ މެޓް އޮފީހުގެ މޫސުން ދައްކާ ގޮތުން، ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށެވެ.
ބޯކޮށް ވާރޭ ވެހި ގުގުރާއިރު ސަމާލުކަންދޭންވީ ކަންކަން:
- ޓެރަސްފަދަ ހާމަކޮށް ހުންނަ ތަންނަތުގައި ނުތިބުން.
- އިމާރާތެއް ތެރޭގައި ތިބުން.
- ބޭރުގައި ނަމަ ވާރޭއިން ހިޔާވުމަށް އުސްތަންތަނާކައިރީ އަދި ގަސްދަށުގައި ނުތިބުން.
- އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި އެތަކެތި ބޭނުން ކުރުުމުން ދުރުހެލިވުން.
- ފެން ބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިޗާ ތަކެއްޗާއި، ދަނގަޑުތަކެތިން ދުރުހެލިވުން.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް