މިހާރު ބޯޅަ އޮތީ އެމެރިކާ ކޮޅުގައި ކަމަށް އިރާނުން ބުނެފިއެވެެ.
އިރާނުން އިއްޔެ ބުނީ އެގައުމު އޮތީ އެމެރިކާއާ އެކު މަޝްވަރާކޮށް ގޮތެއް ނިންމުމަށާއި ނުވަތަ އެނބުރި އަލުން ހަނގުރާމަ ފަށާނަމަ، އެކަމަށް ތައްޔާރަށް ކަމަށެވެ. އިރާނުން ވަނީ ދެގޮތުން ކޮންމެ ގޮތަކަށް ވިޔަސް އިރާނުން އޮތީ ތައްޔާރަށް ކަމަށް ބުނެފައެވެ.
އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކަޒޭމް ގާރީބަބާދީ ވިދާޅުވީ މިހާރު ބޯޅަ އޮތީ އެމެރިކާ ކޮޅުގައި ކަމަށާއި ޑިޕްލޮމަސީ ނުވަތަ އަނެއްކާ ވެސް ކުރިން ކުރި ހަނގުރާމަ އަލުން ފެށުމަށް ނިންމާނީ އެ ގައުމުން ކަމަށެވެ.
ކަޒޭމްއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ އިރާނުން އަބަދު ވެސް އިސްކުރާނީ ގައުމަށް ރަނގަޅު ގޮތް ކަމަށާއި ގައުމުގެ ސަލާމަތީ ކަންކަމަށް ކަމަށެވެ.
އިރާނާއި އެމެރިކާ ކުރަމުން ދިޔަ ހަނގުރާމަ މަޑުޖައްސާލައި މަޝްވަރާއަށް ގޮސްފައިވާ އިރު މަޝްވަރާތައް ދަނީ ކޮޅެއްގައި ނުޖެހިއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު