ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސްކޮލަޝިޕްތައް މެދުވެރިކޮށް ހިލޭ ކިޔެވުމުގެ ފުރުސަތު މި އަހަރުވެސް ހުުޅުވާލައިފިއެވެ.
ވިލާ އިންޓަނޭޝަނަލް ސްކޫލުން ބުނީ ސްކޮލަޝިޕަށް އެދެވޭނީ އޭލެވެލް އިމްތިހާނުން އެއްވަނަ ދެވަނަ އަދި ތިންވަނަ ލިބޭ ދަރިވަރުންނަށް ކަމަށެވެ.
އެ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ޓިއުޝަން ފީގެ އިނާޔަތް ދޭ ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕާއި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް ޓިއުޝަން ފީގެ އިނާޔަތް ދޭ ސްޕޯޓްސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށް ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ބުންޏެވެ.
ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ބުނި ގޮތުގައި އެ ސްކޫލުގެ ސްކޮލާޝިޕް ފުރުސަތުތަކަށް އެޕްލައި ކުރަން ޖެހޭނީ އޯލެވެލް ނަތީޖާ ލިބުމުން ޕްރީ އެޕްލިކޭޝަން އަޕްޑޭޑް ކުރާއިރުގައެވެ.
އަލީ ޔާމިން
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް