ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މިއަހަރު ވަންނަ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ނަމުގައި ހާއްސަ ސްކޮލާޝިޕެއް ތައާރަފުކޮށްފިއެވެ.
ނެޝަނަލް ޓޮޕް ޓެން ރޭންކުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައިގައި ހިމެނުނު ދަރިވަރުންނަށް ހާއްސަކުރާ މި ސްކޮލާޝިޕަށް އެދި ހުށަޙެޅުމުގެ ފުރުސަތު އެ ސްކޫލުން ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނި ގޮތުގައި ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 30 ދަރިވަރުންނަށް ސްކޮލަޝިޕް ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 30 ދަރިވަރުންނަށްވުރެ ގިނަ ނަމަ، ސްކޮލަޝިޕް ލިބޭ ދަރިވަރުން ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް އެ ސްކޫލުން ބުންޏެވެ.
ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސް ލިބޭ ދަރިވަރުން ސްކޫލްގެ މަހު ފީ ދައްކާކަށް ނުޖެހޭނެއެވެ.
އެޑްވަޓޯރިއަލް
އެމެރިކާ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި