މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރައަށް އަލަށް އިތުރުކުރި ޖޫނިއާ އަންހެން ޑިވިޝަނުގެ ފުރަތަމަ ޗެމްޕިއަންކަން ޒޯހާ އަޒްލީ ހޯދައިފިއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބާއްވަމުންދާ އެންމެ ދުވަސްވީ އިވެންޓް ބުރުނު ޝިކާރަށް މިފަހަރު ޖޫނިއާ އަންހެން ޑިވިޝަން އަލަށް އިތުރު ކޮށްފައިވާ އިރު، އެ ޑިވިޝަނުގައި 10 އެތުލީޓުން ވާދަކޮށްފައިވެއެވެ.
ސެމީ ފައިނަލުގައި ޒޯހާ ވާދަކުރީ ލަޔާން ހުސައިން ޝަފާޒާ ދެކޮޅަށެވެ. ސެމީގައި ޒޯހާ ވަނީ 6.57 ގެ ސްކޯއެއް ހޯދައިފައެވެ. ލަޔާން، 4.34 ގެ ސްކޯއެއް ހޯދި އިރު، ޒޯހާއާ ދެކޮޅަށް ފައިނަލް ހީޓްގައި ވާދަކުރި ޒަހާ ޒައިދުން ހަލީލް ސެމީގައި ވާދަކުރީ ފާތިމަތު ލައްޔާ ޝާހިދާ ދެކޮޅަށެވެ. ޒަހާ ވަނީ ސެމީގައި 7.30 ގެ ސްކޯއެއް ހޯދައިފައެވެ. އަދި ލައްޔާއަށް ހޯދުނީ 5.00 ގެ ސްކޯއެކެވެ.
ފައިނަލް ހީޓުގައި ޒޯހާ 11.74 ގެ ސްކޯއެއް ހޯދި އިރު، ޒަހާ ފައިނަލް ހީޓްގައި ހޯދީ 6.17 ގެ ސްކޯއެކެވެ.
މިފަހަރުގެ ބުރުނު ޝިކާރު މިއަދު ރަސްމީކޮށް ނިންމާލާފައިވާ އިރު، ފިރިހެން އޯޕަން ޗެމްޕިއަންކަން އަނެއްކާވެސް ހޯދީ އާމިން އުމަރު މޫސާއެވެ. ފިރިހެން ޖޫނިއާ އިވެންޓްގެ ޗެމްޕިއަންކަން ނޫހު މުހައްމަދު ދުނައިން އިރްޝާދު ހޯދި އިރު، އަނެއްކާވެސް ޑްރޮޕްނީ ތަށި ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)