އުރީދޫ އާޗާ މެދުވެރިކޮށް އުރީދޫ ނަންބަރުތަކަށް އަންލިމިޓަޑް ކޯލްތައް ތައާރަފް ކޮށްފިއެވެ.
އުރީދޫއިން ބުނީ އުރީދޫ އާޗާ މެދުވެރިކޮށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފަސޭހަކަމާ އެކު އިންޓަނެޓް ބޭނުންކޮށް، މެދުކެނޑުމެއްނެތި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އާޗާ 750 ޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން، އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅޭނެ ގޮތް ހަމަޖެހިފައިވާތީ، އާއިލާ އާއި ރައްޓެހިންނާ އެކު އަބަދުވެސް ގުޅުމުގައި ހުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ހުންނަ އެ ޕެކޭޖަކީ ދުވަހުން ދުވަހަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކަށް އެންމެ އެކަށީގެންވާ ޕެކޭޖެއް ކަމަށް އުރީދޫއިން ބުންޏެވެ.
"އާޗާ ޕޯޓްފޯލިއޯގައި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ތަފާތު ޕެކޭޖުތައް ހިމެނޭ. މި ޕެކޭޖުތަކަކީ އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް. މުނިފޫހިފިލުވުމަށާއި މަސައްކަތުގެ ބޭނުންތަކަށް ވެސް އާޗާ ޕެކޭޖުތަކަކީ މިހާރުގެ ޑިޖިޓަލް ޒަމާނާ އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް،" އުރީދޫއިން ބުންޏެވެ.
ކަސްޓަމަރުންނަށް އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން އާޗާ ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އެއީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހިދުމަތްތައް މެނޭޖުކުރުމަށް ލިބޭ ފަސޭހަ މަގެއް ކަމަށް އެކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އާންމު ދިރިއުޅުމަށް ފަސޭހަކޮށްދޭ އީޖާދީ ހިދުމަތްތައް ފޯރުކޮށްދީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް