މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުގެ ޑްރޮޕްނީ ކެޓަގަރީވެސް ޗެމްޕިއަންކަންވެސް، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން 2022 ވަނަ އަހަރު ޑްރޮޕްނީ ޑިވިޝަން ފެށި ފަހުން، މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ މުބާރާތެއްވެސް ޑްރޮޕްނީ ޗެމްޕިއަނަކީ ކުޑަ އައްޔައެވެ. އޭނާ ވަނީ ޑްރޮޕް ނީގެ ދުނިޔޭ ރޭންކިން 12 ވަނައިގައިވެސް އެއް ސީޒަން ނިންމާލައިފައެވެ. އެއީ 2022 ވަނަ އަހަރު ރާއްޖޭގައި އައިބީސީ ވޯލްޑް ޓުއާ އިވެންޓް، މޯލްޑިވްސް ޕްރޯ ބޭއްވި ފަހަރުއެވެ. އެފަހަރު މޯލްޑިވްސް ޕްރޯގައި ކުޑަ އައްޔަ ވަނީ ޑްރޮޕްނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށް، ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.
އިއްޔެ ކުރިއަށްދިޔަ ޑްރޮޕްނީ ފައިނަލުގައި ކުޑަ އައްޔަ ނުކުތީ އާމިން އުމަރު މޫސާއާ ދެކޮޅަށެވެ. އާމިންއަކީ މިފަހަރުވެސް އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ އެތުލީޓެވެ.
އާމިންއާ ވާދަކޮށް އައްޔަ ތަފާތު ބޮޑު ސްކޯއަކުން ފައިނަލް ހީޓް ކާމިޔާބުކުރި އިރު، އޭނާގެ ސްކޯއަކީ 13.67 އެކެވެ. އާމިންގެ ސްކޯއަކީ 5.04 އެވެ. އައްޔަ ވަނީ 8.00 ގެ ރާޅެއްގެ އިތުރުން 5.67 ގެ ރާޅެއް އަޅާފައެވެ.
އެމްބީބީއޭގެ ބުރުނު ޝިކާރު އިވެންޓްގެ އޯޕަން ބައިގެ އިތުރުން ޖޫނިއާ ފިރިހެން އަދި އަންހެން ބައިވެސް މިފަހަރު ކުރިއަށްދާނެއެވެ. މިއީ ޖޫނިއާ އަންހެން ބައި ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ދެން ކުރިއަށް ގެންދިޔައީ ޑްރޮޕް ނީ ކެޓަގަރީއެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)