ތ. ކިނބިދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ކނބިދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް މިރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވިފައި ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް