މި ސަރުކާރަކީ ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތް ކުރާ ސަރުކާރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރަކީ، ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ބޮޑު ޖާގައެއް ދީފައިވާ ސަރުކާރު ކަމަށެވެ.
"ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ބޮޑު ޖާގައެއް ދެއްވައިގެން ހިންގާ ސަރުކާރަކަށް އެންމެ ބޮޑު އެހީތެރިކަމެއްވެސް ހަގީގަތުގައި އެ ބޭފުޅުންގެ ހުރި ގޮންޖެހުންތަކުގައި ހައްލު ގެނެސްދެއްވާ ވެރިއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ސަރުކާރަކީ ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތް ކުރާ ސަރުކާރު ކަމަށާއި ނޫސްވެރިކަމުގެ ހަގީގީ މާހައުލެއް ގާއިމުކޮށްދިނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން މައުލޫމާތާއި މާލީ އެހީ ދިނުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަދަދު ނޫހުން ރައީސަށް ތުހުމަތުތަކެއްކޮށް ޑޮކިއުމެންޓަރީއެއް ނެރުމަކީ ނޫސްވެރިކަން ނޫން ކަމަށާއި އެއީ ސިޔާސީ މަސައްކަތެއް ކަމަށެވެ. އަދި އެ ނޫހުން މިހާރު އެ ކުރަނީ ސިޔާސީ މަސައްކަތެއް ކަމަށާއި ރައީސަށް ތުހުމަތުތަކެއް ކޮށްފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަދަދު ނޫސް ފަދަ ނޫސްތަކުގެ ސަބަބުން ރާއްޖޭގައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކާ މެދު އޮންނަ އިތުބާރު ކުޑަވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ލީޑަޝިޕުން ވަނީ ރައީސަށް އަމާޒުކުރި ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ
އަލީ ޔާމިން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް