މަޝްހޫރު އެކްޓަރު ނާގަރްޖުނާ އައްކިނޭނީގެ 100 ވަނަ ފީޗާ ފިލްމު، "ކިންގް 100" ގެ މުހިންމު ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާބޫ ފެންނާނެ ކަމަށް ހަބަރުތައް ބުނެފިއެވެ. މިއީ މީގެ 28 އަހަރު ކުރިން އެކުގައި މަސައްކަތްކުރުމަށްފަހު، މި ދެ ތަރިން އެއް ސްކްރީނަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ޝޫޓިންގައި ތާބޫ ބައިވެރިވާން ފަށާފައިވާއިރު، އޭނާ ވަނީ ފިލްމުގެ ކްލެޕްބޯޑުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފިލްމު ޕްރޮޑިއުސްކުރާ އަންނަޕޫރްނާ ސްޓޫޑިއޯސްއިން ވަނީ ތާބޫއަށް މަރުހަބާ ކިޔައި، ނާގަރްޖުނާގެ މި ތާރީހީ ފިލްމުގައި އޭނާ ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެފައެވެ. އަދި ތާބޫގެ ސަބަބުން މި ފިލްމު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ ސްޓޫޑިއޯއިން ބުނެފައިވެއެވެ.
ޑައިރެކްޓަރު ރާ ކާތިކް ހަދާ މި ފިލްމަކީ ނާގަރްޖުނާގެ ފިލްމީ ކެރިއަރުގައި ވަރަށް ހާއްސަ ފިލްމެއް ކަމަށް އޭނާ ބުނެފައިވެއެވެ. ނާގަރްޖުނާއާއި ތާބޫ އެކުގައި އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 1998 ވަނަ އަހަރު ނުކުތް ކޮމެޑީ ފިލްމު "އާވިޑާ މާ އާވިޑޭ" އިންނެވެ. ނަމަވެސް މި ދެ ތަރިންގެ އެންމެ ކާމިޔާބު ފިލްމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 1996 ވަނަ އަހަރު ނެރުނު ބްލޮކްބަސްޓަރ ފިލްމު "ނިންނޭ ޕެއްލަޑާޓާ" އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ "ކިންގް 100" އަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ އެކްޝަން ފެމިލީ އެންޓަޓެއިނަރއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ފިލްމުގައި ނާގަރްޖުނާގެ ޒުވާން ދުވަސްވަރު ދެއްކުމަށްޓަކައި ޑީ-އޭޖިންގ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް