މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އާޒިމަށް ހަމަލާދޭން މީހަކު މަސައްކަތް ކުރީ މި މަހުގެ 24 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އާޒިމަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ މައުލޫމާތު ލިބުމާއެކު، ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އާޒިމަށް ހަމަލާދޭން އުޅުނު މައްސަލަ އެމްޑީޕީންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.
އަލީ ޔާމިން
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް