ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފައްތަން ނުވަތަ ގައުމަށް އަނބުރާ ފޮނުވާލަން ސަރުކާރުން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން 62 ޕަސަންޓު ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި" ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން (148،417 ބިދޭސީން) ކަމަށާއި އޮޕަރޭޝަނާ އެކު މިހާރު އެ އަދަދު 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.
"އެވަގުތަށް، ސިސްޓަމްގެ ޒަރިއްޔާއިން ބަލާއިރު ގަވައިދާ އެއްގޮތަށް ތިބި ކަމަށް ބެލެވެނީ ބިދޭސީންގެ ތެރެއިން 28.97 ޕަސެންޓް މީހުން. އަޅުގަނޑުމެން މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ގާތްގަނޑަކަށް 206،000 ބިދޭސީންގެ ފިންގަޕްރިންޓް ނަގާފައި ވާއިރު ފިންގަޕްރިންޓް ނުދީ އަދި ވެސް 2،933 މީހަކު އެބަ ތިއްބެވެ
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކީ އޮޕަރޭޝަން ކުރަނގީގެ ފޭސް ތިނެއް އަންނަ މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން