ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމު ކަމަށްވާ "ޖަވާން" އަށް ފަހު، އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ޑައިރެކްޓަރު އެޓްލީ ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމުގެ ލީޑް ރޯލުން އަނެއްކާވެސް ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި، މި ފިލްމުގެ މައިގަނޑު ވިލަން ނުވަތަ ނުބައިބައި ކުޅޭ މީހާގެ ރޯލަށް އެޓްލީ އަންނަނީ ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިއަކު ހޯދަމުންނެވެ. ފުރަތަމަ ފިލްމުގައި ވެސް ދެކުނު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ނަޔަންތާރާ ވަނީ މުހިންމު ރޯލުތަކެއް ކުޅެފައެވެ. އެހެންކަމުން ދެވަނަ ބައިގައި ވެސް ދެކުނުގެ ތަރިއަކު ފެނުމަކީ އެކަށީގެންވާ ކަމެެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ޝާހުގެ ޕްރޮޑަކްޝަން ކުންފުނި، ރެޑް ޗިލީސް އެންޓަޓެއިންމަންޓުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ "ޖަވާން" ގެ ބޮޑު ކާމިޔާބީއަށް ފަހު އެޓްލީ އާއި ޝާހު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމަށް ވެގެންދާނެތީ، ފިލްމަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.
ފިލްމުގެ ކާސްޓިންގެ މަސައްކަތްތަކާއި ސްކްރިޕްޓްގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. 2023 ވަނަ އަހަރު ނެރުނު "ޖަވާން" އަކީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދައި، އެތައް ރެކޯޑެއް މުގުރާލި ފިލްމެކެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން