ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނާއި ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ނަޔަންތާރާ އެކުގައި ކުޅޭ އާ ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށައިފިއެވެ. މި ފިލްމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ފިލްމުގެ ކާމިޔާބީއަށް އެދި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހުގައެވެ.
ޑައިރެކްޓަރު ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓުކުރާ މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު ދިލް ރާޖޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިއީ ސަލްމާން ޚާނާއި ނަޔަންތާރާ އެކުގައި ފިލްމެއްގެ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޑައިރެކްޓަރު ވަމްޝީއާއެކު މި ދެ ތަރިން މަސައްކަތްކުރާ ފުރަތަމަ ފަހަރުކަމަށް ވުމުން، ގިނަ ބައެއްގެ ސަމާލުކަން މި ޕްރޮޖެކްޓަށް ވަނީ ލިބިފައެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާގޮތުގައި، މިއީ ބޮޑު ބަޖެޓަކުން އުފައްދާ، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުހީބެއް ލިބޭނެ ފިލްމަކަށް ވާނެއެވެ. ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ދިލް ރާޖޫގެ ޕްރޮޑަކްޝަން ހައުސްއިން ބުނެފައިވަނީ، މިއީ ބެލުންތެރިންނަށް މުޅިން އާ ތަޖުރިބާއެއް ގެނެސްދޭނެ ފެންވަރު ރަނގަޅު އުފެއްދުމެއް ކަމަށެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނާއި ފިލްމުގެ ނަން އަދި އާންމުކޮށްފައެއް ނުވެއެވެ. ކުރިއަށް އޮތް ތަނުގައި ފިލްމާ ގުޅޭ އިތުރު ތަފުސީލުތަކާއި، ފިލްމު ސިނަމާތަކަށް އަންނާނެ ތާރީހެއް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން