ޖޫން މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް 2026 ގެ ޓިކެޓް ވިއްކުމުގެ އެންމެ ފަހު މަރުހަލާ ފަށައިފިއެވެ.
މިއަހަރުގެ ވޯލްޑް ކަޕް އުތުރު އެމެރިކާގައި ބާއްވަން ނިންމާފައިވާ އިރު، ވޯލްޑް ކަޕަށް މިހާތަނަށް ފަސް މިލިއަނަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ފީފާއިން ބުނެފައިވެއެވެ. ފީފާއިން ބުނީ އެ އިދާރާގެ އަންދާޒާއަކީ މިހާތަނަށް އަންނައިރު، ހަ މިލިއަން ޓިކެޓް ވިކިފައިވުން ނަމަވެސް، އެ އަދަދަށް އަދި ވިކިފައި ނުވާ ކަމަށެވެ.
އެމެރިކާއާއި މެކްސިކޯގައިވެސް އެތެރޭގެ ހަމަނުޖެހުންތައް ކޮންމެވެސް ވަރަކަށް އޮތް އިރު، އެމެރިކާއާއި އިޒްރޭލް އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހިޔަނިވެސް ވޯލްޑް ކަޕަށް އޮތީ އެޅިފައެވެ. އޭގެ އިތުރުން އެމެރިކާގެ އިމިގްރޭޝަނުގެ ހަރުކަށިކަމުންވެސް ޓިކެޓް ވިއްކުމުގައި ބައެއް ހުރަސްތައް ހުރި ކަމަށް ކުރިންވެސް ފީފާއިން ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ކަޕަށް 50 ދުވަހަށްވުމާއެކު ފީފާއިން މިފަހަރު ހުޅުވާލީ ވޯލްޑް ކަޕްގެ ހުރިހާ މެޗަކަށް ޓިކެޓް ވިއްކުމަށެވެ. އެގޮތުން 104 މެޗުގެ ޓިކެޓްވެސް އަލުން ލިބެން ހުރި އިރު، ތިން ކެޓަގަރީއަކުން މިހާރުވެެސް ޓިކެޓް ލިބެން އެބަހުއްޓެވެ.
ފީފާއިން ބުނީ އެންމެ ފަހުވަގުތު ހުޅުވާލި ފުރުސަތުގައި ވިއްކާ ޓިކެޓްތައް ވިއްކާނީ ކުރިއާލާ އޯޑަރު ނަގައިގެން ނޫން ކަމަށާއި، ވިއްކާ ހުސްކޮށްލަން ކަމަށެވެ.
ފީފާއާއި ޑައިނަމިކް އަގުތަކެއްގައި ޓިކެޓް ވިއްކަމުން ދިޔުމާއެކު އެކަމުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ނުރުހުން ފާޅުކޮށްފައިވާ އިރު، އޭގެފަހުން ފީފާއިން ވަނީ ސަޕޯޓާ އެންޓްރީ ޓަޔާގެ ނަމުގައި 60 ޑޮލަރަށް ލިބޭ ޓިކެޓެއް ތައާރަފް ކޮށްފައެވެ. އެއީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ސަޕޯޓަރުންނަށް ހާއްސަ ކޮށްގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026