އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަރުތުތައް:
- އެމްޑީޕީގެ މެންބަރަކަށްވުން
- ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލިސްގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ކަމަށް ބަޔާންކުރާ ހުރިހާ ޝަރުތުތައް ފުރިހަމަވުން
އިއުލާނުގައިވާ ގޮތުން ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު ހުށަހަޅަން ޖެހޭނީ ގޫގުލް ފޯމު މެދުވެރިކޮށެވެ.
ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އެވެ.
އަލީ ޔާމިން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ