ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން، 71 ރަށެއްގެ އައުޓްޑޯ ޖިމް ތަރައްގީކުރުން ބާރު ސްޕީޑުގައި ކުރިޔަށް ގެންދާ ކަމަށް އެ ކޯޕްރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެޗްޑީސީން ކުރިއަށްގެންދާ ތަރައްގީގެ އެކި މަޝްރޫއުތަކުގެ ތެރެއިން؛ މުޅީން އަލަށް އައުޓްޑޯ ޖިމް ތަރައްްގީ ކުރަނީ 58 ރަށެއްގައި ކަމަށާއި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރަނީ 13 ރަށެއްގައި ކަމަށެވެ.

އައުޓްޑޯ ޖިމްގައި އިކުއިޕްމަންޓް ހަރުކުރުމަށް ތައްޔާރުވެފައިވާ 13 ރަށް:

  • ހއ. ހޯރަފުށި
  • ށ. މާއުނގޫދޫ، ބިލެއްފަހި އަދި ގޮއިދޫ
  • ރ. ދުވާފަރު
  • ބ. މާޅޮސް އަދި ހިތަދޫ
  • އދ. ދިގުރަށް އަދި މާމިގިލި
  • ފ. މަގޫދޫ
  • ދ. ކުޑަހުވަދޫ
  • ތ. ވަންދޫ
  • ގއ. ވިލިގިލި

އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްގެންދާ 8 ރަށް:

  • އދ. ހަންޏާމީދޫ
  • ބ. ދަރަވަންދޫ
  • ހދ. ހަނިމާދޫ، ނައިވާދޫ އަދި ނެއްލައިދޫ
  • އދ. ކުނބުރުދޫ އަދި ފެރިދޫ
  • ރ. ރަސްގެތީމް

ބާކީ ހުރި ރަށްރަށުގެ ކުރެހުން ފާސްކުރެވި، މަސައްކަތް ފެށުމުގެ މަރުހަލާގައި ހުރި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.