ލ. ހިތަދޫ ފަޅުތެރެއަށް މަސް ހިފަން އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު، އަމާން، އަހުމަދު ހަމްޒާން (21އ) އެވެ.
ފުލުހުން މިރޭ ބުނީ ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:30 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގުމާއެކު އޭނާ ވަނީ ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ހަމްޒާން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް