އިރާނުގެ ބައެއް ސަރަަހައްދުތަކަށް އިންޓަނެޓް ހިދުމަށް ދޭން ފަށައިފިއެވެ.
އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ދިން ހަމަލާއަށްފަހު އެގައުމު ހަނގުރާމައަކަށް ވަދެވުމާއެކު އިރާނުގެ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފައެވެ.
90 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިރާނުން އިންޓަނެޓްގެ ހިދުމަށް މެދުކެނޑި މަހަކަށްވުރެ ގިނަ ދުވަސް ވުމަށްފަހު އިއްޔެ އިން ފެށިގެން އާންމުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް އިންޓަނެޓުގެ ހިދުމަށް ދޭން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އިރާނުގެ ބައެއް ސަަރަހައްދުތަކުގެ ތެރެއިން އާންމުންނަށް އިންޓަނެޓް ވަކި މިންވަރަކަށް ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ.
އިންޓަނެޓް ހިދުމަތް ދިން ނަމަވެސް ކޮންޓްރޯލް ކޮށްގެން ދިނުމަށް ހަމަޖެހިފައިވާ އިރު އާންމުން ޖެހޭނީ ހިދުމަތަށް އެދޭން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ޕްރޮފެސަރުން ފަދަ ހާއްސަ ކެޓަގަރީގެ ފަރާތްތަކުން ވެސް ވަކި ވަކިން ހިދުމަތަށް އެދެން ޖެހޭގޮތައް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަދައިފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު