މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން އަލަށް ހުވައި ކުރެއްވި މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓް 20 އިން 15 އަށް މަދު ކުރައްވައި މި ގެންނެވި ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއެވެ.
އިސްތިއުފާ ދެއްވި 10 މިނިސްޓަރުން:
- މިނިސްޓަ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން
- މިނިސްޓަ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް
- މިނިސްޓަ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް
- މިނިސްޓަ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހީމް
- މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ޑރ. އާއިޝަތު ޝިހާމް
- މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް
- މިނިސްޓަ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ ޑރ. މަރްޔަމް މާރިޔާ
- މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު
- މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު
- މިނިސްޓަ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދު
މިއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލު ތަކުގެ ތެރެއިން މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އުވާލައްވައި، ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލައްވައި، އަދި އަނެއްބައި މިނިސްޓްރީގެ މަސައްކަތްތައް ބަދަލު ކުރައްވައި، އާ ފަސް ވަޒީރަކާއެކު ޖުމްލަ 14 ވަޒީރުން ވަޒީރުކަމުގެ ހުވައި ކުރެއްވިއެވެ.
އާ ފަސް މިނިސްޓަރުންނާއެކު ހުވައި ކުރެއްވި ކެބިނެޓް:
- މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މޫސާ ޒަމީރު
- މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން
- މިނިސްޓަ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް
- މިނިސްޓަ އޮފް އެޑިޔުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު
- މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ އަލީ
- މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
- މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
- މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު
- މިނިސްޓަ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ނާ ވަލީދު
- މިނިސްޓަ އޮފް އިންފްރާސްޓްރަކްޗަ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް
- މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް
- މިނިސްޓަ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް
- މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދު
މި ބދަލުތަކުގެ ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ހަމަ އެކަނި ބަދަލު ގެންނަވާފައި ނުވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ މަގާމަށެވެ.
ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ވަނީ އެ މައްސަލަ ދިރާސާކުރުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފައެވެ.
ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމާނީ ކޮމިޓީ މަރުހަލާގައި ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާގޮތުގެ ރިޕޯޓު މަޖިލީސް ތަޅުމަށް ހުށަހެޅުމުންނެވެ.
އިބްރާހިމް ޒަކީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް