ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ޗައިނާގެ ކޮންމެ ތަނެއްގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޗައިނާއާއެކު ރާއްޖޭން އެކުލަވާލައި ތަންފީޒު ކުރަމުން ގެންދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި ރެސްޓޯރެންޓްތަކަށް ޗައިނާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރަކު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރު ކަމަށާއި، އެންމެ ކުރިއަރަމުން އަންނަ އިކޮނޮމީ ކަމަށެވެ. އެގޮތުން ޗައިނާގެ ސިޓީތަކާއި ޕްރޮވިންސް ތަކާއި އެ ގަމުގެ އެކި ތަންތަނުގައި ދިވެހިންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"ދިވެހި އެކްސްޕޯޓްތަކަށް 296 ސީފުޑް އައިޓަމަށް ދުނިޔޭގެ ކޮންމެ ތަނަކުންގެނަސް ދިވެހިރާއްޖޭން ފޮނުވި ކަމަށްވިޔަސް ސުން ޕަސެންޓްގައި އެކްޕޯޓް ކުރެވޭނެ ޗައިނާއަށް، މިއީ ވަރަށް މަދު ގައުމަކަށްނޫނީ ލިބިފައިވާ ފުރުސަތެއް ނޫން،" ސައީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް