ޔޫރަޕްގެ މަޝްހޫރު ސިއްހީ ކާނާ ބްރޭންޑެއް ކަމަށްވާ "ވަން ޑޭ މޯ" ގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

މި ބްރޭންޑް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަރަކާތެއްގައެވެ.

މި އުފެއްދުންތައް ބާޒާރަށް ނެރެދެއްވީ ރާއްޖޭގެ ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު، ހީޓް ޖިމްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިފާނާ ވިދާޅުވީ، "ވަން ޑޭ މޯ" ގެ އުފެއްދުންތަކަކީ ސިއްހީ ގޮތުން ބަލާއިރު ހަށިގަނޑަށް ބޭނުންތެރި އެތައް ފައިދާތަކެއް ލިބިގެންދާނެ ބާވަތްތަކެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި "ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް" އެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ބްރޭންޑުގެ ތެރޭގައި ގްރެނޯލާ، މޫސްލީ، އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މިއީ ހެނދުނުގެ ނާސްތާއަށް ހާއްސަ އުފެއްދުންތަކެއް ނަމަވެސް، މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭނެ، މީރު އަދި ފައިދާހުރި ކާނާއެކެވެ.މި ބްރޭންޑް ތައާރަފްކުރުމާ ގުޅިގެން އެސްޓީއޯއިން ވަނީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން "ވަން ޑޭ މޯ" ގެ އުފެއްދުންތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ."ވަން ޑޭ މޯ" ބްރޭންޑުގެ ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެއެވެ.