މެލޭޝިޔާގެ ވިލެޖެއްގައި ރޯވެ 1000 އަށްވުރެން ގިނަ ގެ އަނދައިފިއެވެ.

މެލޭޝިޔާގެ ބޯނެއޯ އައިލެންޑްގެ ސަބާހް ސިޓީގައި އޮންނަ އެ ވިލެޖުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 1000 އަށްވުރެ ގިނަ ގެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަަމަށް އެ އަވަށުގެ ފަޔަރ ޑިޕާޓްމަންޓުން ބުނެއެވެ.

އަލިފާން ރޯވި މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވާ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެެރިވާން ފެށިކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބާރަށް ފެތުރިގެން ދިޔަކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އަލިފާންރޯވި ސަރަހައްދަށް ވައިގަދަވުމުގެ ސަަބަބުން އަލިފާންގަނޑު ބާރަށް ފެތުރިފައިވާއިރު އަލިފާން ނިއްވާ ޓީމުތަކަށް ދިޔަވަރު ހިކި ވުމުގެ ސަބަބުން މޫދުން ފެން ނެގުމަށް ވެސް ދަތިވެގެން ދިޔަކަމަށް ބުނެފައެވެ.

އޮފިޝަލުންވަނީ އަލިފާން ފުރަތަމަ ރޯވެފައިވަނީ އެސަރަހައްދުގައި ހުރި ގެއެއްގައި ކަމަށާއި އިންވެގެން ހުރި ގެތަކަކީ ވެސް ލަކުޑިން އިމާރާތްތކޮށްފައި ހުރި ގެތަކެއް ކަމުން އަލިފާން ބާރަށް ފެތުރިގެން ދިޔަކަމަށް ބުނެފައެވެ.

އަލިފާނުގެ ސަބަބުން އެސަރަހައްދުން 9،000 އަށްވުރެން ގިނަ މީހުންނަށް ސީދާ އަސަރުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އެގައުމުގެ ސަރުކާރުން އޮފިޝަލުންނާއި ގުޅިގެން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނާއި ގެދޮރުގެއްލުނު މީހުންނަށް ވަގުތީ ހިޔާތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.