ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ޕާކިސްތާނުގައި ކަރަންޓު ކަނޑަން ނިންމައިފިއެވެ.
ޕާކިސްތާނުގެ ސަރުކާރުން ވަނީ އެގައުމަށް ހަނގުރާމައިގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ ތެރޭގައި ހިމެނޭ ތެޔޮ އަގުބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ތެލަށް ކުރާ ހަރަދު ކުޑަކޮށް ކޮންމެ ދުވަހެއްގެ ދެ ގަޑިއެއް ހާއިރު ކަރަންޓު ކެނޑުމަށް ނިންމައިފައެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން އެގައުމުގައި ކަރަންޓު ކެނޑުމަށް ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން މެންދަަމު އެކަކާ ދޭތެރޭ ދެގަޑިއެއްހާ އިރުގެ ވަގުތުކޮޅަކަށް ކަމަށެވެ.
އޮފިޝަލުން ވަނީ ކަރަންޓު ކެނޑުމަށް ޕާކިސްތާނުން ނިންމާފައިވަނީ އެގައުމުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ކަަމަށް މެލެވޭ ވަގުތުގައި ކަމަށް ބުނެފައެވެ.
ކަރަންޓު ކެނޑުމަށް ހާއްސަ ގަޑިއެއް ކަނޑައެޅި ނަމަވެސް ކަރަންޓު ކަނޑާނީ އެގައުމުގެ އެކި ސަރަހައްދުތަކަށް އެކި ގަޑިތަކުގައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ފެބްރުއަރީ މަހުގެ ފަހު ދުވަހު އިޒްރޭލާއި އެެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް