އިންޑިއާ ކަނޑަށް ބޯޓެއް ފެތި 250 މީހުން ގެއްލިއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން ރޮހިންޖާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ރެފިއުޖީން ގޮވައިގެން ދަތުރުކުރި އެ ބޯޓު ފެތިފައިވަނީ އަންޑަމަން ކަނޑުގެ ސަރަހައްދަށެވެ.
މިދިޔަ ހަފުތާގައި ހިނގި އެހާދިސާގައި އެބޯޓުން ދަތުުރުކުރި މީހުންގެ ތެރެއިން 250 މީހުން ގެއްލިފައިވާކަމަށް ވެއެވެ. ނަމަވެސް އޮފިޝަލުން ވަނީ ބޯޓުން ދަތުރުކުރި އަސްލު އަދަދު ޔަގީން ނުވާ ކަމަށްވެސް ފާހަގަކޮށްފައެވެ.
ރޮހިންޖާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ރެފިއުޖީން ދަތުރުކުރަމުން ދިޔައީ މެލޭޝިޔާއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެބޯޓު ފެތިފައިވަނީ ދަތުރުކުރަމުން ދަނިކޮށް ވައި ގަދަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބޯޓު ބަންޑުން ޖަހާލި ދުވަސް ޔަގީން ވެފައިނުވާ އިރު ބަންގްލަދޭޝަށް ނިސްބަތްވާ އެބޯޓުގެ ބައެއް ބައިތައް ކަނޑުމަޔިން ފެނިފައިވާ ކަމަށް ބަންގްލަދޭޝްގެ ކޯސްޓް ގާޑާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު