ޔޫތް މިނިސްޓްރީގެ މަސައްކަތްތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ސްޕޯޓްސް މިނިސްޓްރީގެ ނަން ޔޫތް އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.
އެ ދެ މިނިސްޓްރީގެ މަސައްކަތްތައް އެއްކޮށްލުމަށް ރައީސް އޮފީހުން ނިންމާފައިވަނީ މިއަދެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ޔޫތް އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓަރުގެ މަގާމަށް އަބްދުﷲ ރާފިއު އައްޔަން ކުރައްވައިފައެވެ.
ޔޫތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް