އާޓްސް މިނިސްޓަރު ކަމުގެ މަގާމަށް ހީނާ ވަލީދު އައްޔަންކުރައްވައިފިއެވެ.
ހީނާ، އާޓްސް މިނިސްޓަރުކަމުގެ މަގާމުގެ ހުވައިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އާ މެންބަރުން އައްުޔަންކުރެއްވުމަށްޓަކައި ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހީނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނުކަމުގެ މަގާމުގެ އިތުރުން އެންސްޕާގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ހީނާގެ އިތުރުން ވެސް އާ ތިން މިނިސްޓަރަކު ވެސް ވަނީ އައްޔަންކުރައްވައިފައެވެ. އޭގެ އިތުރުން މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކާއެކު ވަނީ ޖުމުލަ 12 މިނިސްޓަރަކު މަގާމުގެ ހުވައިކުރައްވައިފައެވެ. އެ ބަދަލުތަކާއެކު މިނިސްޓަރުންގެ އަދަދު 20 އިން 15 އަށް ވަނީ މަދުވެފައެވެ.
ކެބިނެޓަށް އައްޔަންކުރެއްވި 12 މިނިސްޓަރުން:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން
- ފޮރިން އެފެއާޒް މިނިސްޓަރު އިރުތިޝާމް އާދަމް
- އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސަޢީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
- ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް