ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓާ އާދަމް ނަސީރު އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.

ހެރިޓޭޖު މިނިސްޓަރުކަމުން އާދަމް ނަސީރު އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހެރިޓޭޖު މިނިސްޓަރުކަމަށް އާދަމް ނަސީރު އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅުންގެ އިސްތިއުފާ ރައީސް ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

އާދަމް ނަސީރާ އެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.

އެއީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލާއި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.