ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ޑރ. އަލީ ހައިދަރު އިސްތިއުފާ ދެއްވައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ހައިދަރު އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ މިއަދު ހެނދުނެވެ.
ހައިދަރު، ހަޔާ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ 2024 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ހަޔާ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހައިދަރު ހުންނެވީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައެވެ.
ހައިދަރާއެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު