ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ތޯރިގު އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.
ތޯރިގް، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2024 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ތޯރިގް، އެ މަގާމަށް އައްޔަން ކުރެއްވީ ބައެއް މިނިސްޓްރީތައް އުވާލައި، މިނިސްޓްރީތައް އެއްކޮށްލައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ފަހުއެވެ.
ތޯރިގް އާއެކު، މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.
އެއީ ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް