ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވައިފިއެވެ.

ޔޫތް މިނިސްޓަރުގެ މަގާމުން އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫތް މިނިސްޓަރުގެ މަގާމުން އިބްރާހިމް ވަހީދު އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.

އިބްރާހިމް ވަހީދު އާއެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.