ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރުކަމުން އާދަމް ޝަރީފް އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް މިނިސްޓަރުކަމަށް އާދަމް ޝަރީފް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.
އާދަމް ޝަރީފާއެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.
އެގޮތުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލާއި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް