ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރަން އެމެރިކާއަށް އެހީތެރި ނުވާނެ ކަމަށް ޔޫކޭއިން ބުނެފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓާމާ އިއްޔެ ވިދާޅުވީ އެމެރިކާއިން ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރުމަށް ކުރިޔަށްގެންދާ ހަރަކާތުގައި ޔޫކޭ ބައިވެރިނުވާނެ ކަމަށެވެ.
ޔޫކޭއިން އެމެރިކާއާއި އެކު އެމަސައްކަތުގައި ބައިވެރިނުވާން ނިންމުމާއެކު އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ވަނީ ފާޑުކިޔުން އަމާޒުކުރަން ފަށައިފައެވެ.
އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ އެގައުމަށް ބޭރުގެ ކިތަންމެ ޕްރެޝަރެއް އައި ކަމުގައި ވިޔަސް އިރާން ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.
ސްޓާމާ ވިދާޅުވީ ޔޫކޭއިން ބޭނުންވަނީ ހޮރުމޯޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލަން ކަމަށާއި އެކަމަށް ފާއިތުވީ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
މުހައްމަދު އައުޒަމް
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި