ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު، ހައުސިން މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ކުރިން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ސުންގަޑި، މިހާރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ މި ސްކީމަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި، މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 3,000 ގޯތި
- މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތިމާލޭގެ
- ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ ފަރާތްތަކަށް: 1,500 ގޯތި
މީގެ އިތުރުން، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
ޢަޅުގަނޑަށް ފެންނަނީ 2026 ޖޫން މަހުގެ ނިޔަލަށް ފުރުޞަތުދޭން. ޢޭރުން 2026 ވަނަ އަހަރުގެ ފުރުޞަތު ދެވުނީ
ޢަލީ - 2 މަސް ކުރިން