މޮންޓެ ކާލޯ މާސްޓާސްގެ ޗެމްޕިއަންކަމާއެކު ޖެނިކް ސިނާ އަލުން ދުނިޔޭގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
މޮނާކޯގައި ކުރިއަށްދާ މޮންޓެ ކާލޯ މާސްޓާސް މިފަހަރު ފޯރިގަދަވީ މިދިޔަ އަހަރުވެސް އެންމެ ވާދަވެރި ދެ ކުޅުންތެރިން ފައިނަލުގައި ވާދަކުރަން ޖެހުމުންނެވެ. އެއީ ދުނިޔޭގެ އެއްވަނައިގައި ކުރިން އޮތް އަލްކަރާޒާއި ދެވަނައިގައި އޮތް ސިނާގެ ކުރިމަތިލެމެކެވެ.
މޮންޓެ ކާލޯ ފައިނަލްވީ މިދިޔަ އަހަރު ނޮވެމްބަރު މަހު އޭޓީޕީ ފައިނަލަށްފަހު ސިނާއާއި އަލްކަރާޒް ކުރިމަތިލި ފުރަތަމަ މެޗަށެވެ. އެފަހަރު ސީދާ ތިން ސެޓުން ގެންދިޔައީ ސިނާއެވެ.
އިއްޔެގެ މެޗު ސިނާ، 7-6 (7-5) އަދި 6-3 އިން ސެޓުތައް ގެންގޮސް ކާމިޔާބު ކޮށްފައިވާ އިރު، މެޗު ކުޅެން ޖެހުނީ އުނދަގޫ ހާލަތެއްގައެވެ. އެގޮތުން ވައިބާރުވުމުގެ ސަބަބުން ދެ ކުޅުންތެރިންނަށް އޭގެ އުނދަގޫތަކާ ދިމާވިއެވެ. އެގޮތުން މެޗުގައި ޖުމުލަ 83 އަންފޯސްޑް އެރާ ފެނިގެން ގޮސްފައިވެއެވެ.
އުމުރުން 24 އަހަރު ސިނާއަށް މިއީ ތިންވަަނަ މާސްޓާސް ތަށްޓެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް