ޖަރުމަނު ބުންޑަސްލީގާގެ ފުރަތަމަ އަންހެން ކޯޗުގެ ޝަރަފު، މެރީ-ލުއީ އިޓާ ހޯދައިފިއެވެ.
އިޓާ، 34، ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ އަންހެން ކޯޗުގެ ޝަރަފު ހޯދީ ޔޫނިއަން ބާލިންގެ ކޯޗުކަމަށް އިއްޔެ ހަމަޖެއްސުމާއެކުގައެވެ. އޭނާ އެމަގާމަށް ހަމަސައްޖަން ކްލަބުން ނިންމާފައި ވަނީ ކުރިން ކޯޗުކަމުގައި ހުރި ސްޓެފެން ބޯމްގާޓް މަގާމުން ދުރު ކުރުމަށްފަހުއެވެ.
އިޓާ މީގެ ކުރިން ހުރީ ޔޫނިއަން ބާލިންގެ 19 އަހަރުން ދަށު ޓީމުގެ ކޯޗުކަމުގައެވެ. މިފަހަރު ސީނިއާ ފިރިހެން ޓީމާ ވަގުތީ ގޮތުން ހަވާލުވެފައިވާ އިރު، އަންނަ ސީޒަނުގައި އޭނާ ހަވާލުވާނީ ޔޫނިއަން ބާލިންގެ އަންހެން ޓީމާއެވެ.
ޔޫނިއަން ބާލިން މިވަގުތު 11 ވަނައިގައި އޮތް އިރު، އެޓީމަށް އަދިވެސް ރެލިގޭޝަންގެ ބިރު އެބައޮތެވެ. އެއީ ރެލިގޭޝަން ކޮލިފިކޭޝަން ޖާގައިގައި މިވަގުތު އޮތް ސެއިންޓް ޕޯލީއަށް 29 މެޗުން 25 ލިބިފައިވާ އިރު، ޔޫނިއަން ބާލިންނަށް 29 މެޗުން 32 ޕޮއިންޓް ލިބިފައި އޮތުމުންނެވެ.
ޔޫނިއަން ބާލިންގެ ކޯޗުކަމާ ހަވާލުވެ އިޓާ ބުނީ، ފޯމު ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށާއި، ކްލަބުން ދިން ހާއްސަ ފުރުސަތާއެކު ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ސީޒަނުގައި ރެލިގޭޓް ނުވެ ސަލާމަތްވުމަކީވެސް ޓާގެޓެއް ކަމަށް އިޓާ ބުންޏެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ