ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މެންދުރުފަހު 3:00 ހާއިރެވެ.
ސްޓެލްކޯ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2