ހޮރުމޯޒު ކަނޑުއޮޅި ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުން ހޮރުމޯޒުގެ އަޑީގައި 28 ބޯޓު މައިންތަކާއެކު ބަހައްޓާފައި ހުރިކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ފާހަގަކުރައްވާފައިވާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެެމެރިކާގެ މިލިޓަރީންނެވެ.

އިރާނުން ވަނީ އެމެރިކާ ނޭވީގެ މަނަވަރުތައް ހޮރުމޯޒް ކަނޑުއޮޅިއަށް ނުވަނުމަށް އަންގައިފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު މިހާތަނަށް އެމެރިކާ ނޭވީގެ އެއް މަނަވަރު ކަނޑުއޮޅިން ދަތުރުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. އިރާނުން ވަނީ މީގެ ފަހުން މަނަވަރެއް ވަދެފިނަމަ 30 މިނިޓަށް ބަލާފައި ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދިނުމާއެކު ހޮރުމޯޒް ކަނޑުއޮޅި ބަންދުކޮށް އިރާނުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން އިރާނުން ވަނީ ހޮރުމޯޒް ކަނޑުއޮޅީގައި ހަރުކޮށްފައިހުރި މައިންތައް ގެއްލިފައިވާކަމަށް ބުނެފައެވެ.