ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، އިތުރު ދެ ދޯނީގައި ވެސް ދެންމެ އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ 09:15 އެހައިކަންހާއިރު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފީއަލީ ކައުންސިލް މެންބަރު މުހައްމަދު ޖަލީލް މިއަދު "ވަން"އަށް ވިދާޅުވީ އެރަށަށް ތެޔޮ އުފުލާ ބޯޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ފިހިގެން ފަރުވާއަށް އެރަށު މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

"ދަރިފުޅުގޮވައިން ސްކޫލަށް ދަނިކޮށް އަޑު އިވުނީ. 9:10 ހާއިރު ބާރުގަދަ ގޮވުމަކަށް ފަހު، އައިސް ޕްލާންޓް އެއްކޮށް އަނދާހުލިވަމުންދަނީ. އަންލޯޑު ކުރާ ޝެޑްވެސް އަދަމުންދަނީ. އެކަކު ފިހިގެން މަރުކަޒަށް ގެންގޮސްފައިވަނީ. އެއްލައްކަ ލީޓަރު އުފުލާ ތެޔޮ ބޯޓެއް. އާންމުކޮށް ދެ ލައްކަ ލީޓަރު އުފުލާނެ،" ޖަލީލް ވިދާޅުވި އެވެ.

އެ ހާދިސާގައި ރަށު ބަދަރގައި އަޅާފައި އޮތް އާންމުގެ މަސްވެރިކަން ކުރާ 2 ދޯންޏެއްގައި ވެސް ރޯވެ އަދަމުންދާ ކަމަށާއި އަދި ފަރުމަސްވެރިކަން ކުރާ އެއް ދޯނީގައި ވެސް ރޯވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.